English Edition
Dhivehi Edition

އަންނަ އާދީއްތަ ދުވަހުން ފެށިގެން ކޮންޓްރޯލްކުރުމެތި ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިހާރު ފިޔާ ވިއްކަމުންދަނީ ކޮންމެ ކަސްޓަމަރަކަށް 1 ކިލޯގެ މަގުން 30 ރުފިޔާއަށް ކިލޯއެކެވެ. މިއީ މިދިޔަ ހަފްތާގައި އެސްޓީއޯއިން ވައިގެ މަގުން ގެނައި ފިޔާ ޝިޕްމަންޓެކެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު ފިޔާގެ ޝިޕްމަންޓެއް ރާއްޖެއަށް ގެންނާނެ ކަމަށާއި އަދި އާދީއްތަ ދުވަހުން ފެށިގެން ހެޔޮ އަގެއްގައި ކޮންޓްރޯލެއް ނެތި ފިޔާ ވިއްކަމުންދާނެކަމަށް އެސްޓީއޯން މިއަދު ވަނީ ބުނެފައެވެ.

އަވަށްޓެއި އިންޑިއާއަށް ކުރި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ފިޔާ ލިބުން ދަތިވުމުން މައްސަލަ ހައްލުވަންދެން އިންޑިއާއިން ވަނީ ފިޔާ ބޭރުކުރުން މަޑުޖައްސާލާފައެވެ. ނަމަވެސް މި ފިޔަވަޅުގެ ދަށުން ރާއްޖެއަށް ފިޔާ އެކްސްޕޯޓުކުރުން އެއްވެސް އިރެއްގައި ހުއްޓާލައިފައި ނުވާކަމަށް އިންޑިއާއިން ބުނެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ރާއްޖެއަށް ފިޔާ ލިބޭނެގޮތް ހަމަޖައްސާފައިވާކަމަށްވެސް އިންޑިޔާ އެމްބަސީން ވަނީ ބުނެފައެވެ.