English Edition
Dhivehi Edition

ލިޔުނީ: އައިޝަތު ރަފާ ފަސީހް، ( ސ.ފޭދޫ ސްކޫލް ގުރޭޑް 9 )

ސައިންސްގެ ހޯދުންތަކުގެ އަލީގައި އިންސާނުންގެ ދިރިއުޅުމަށް ވަނީ ގިނަގުނަ ކުރިއެރުން ތަކެއް ލިބިފައެވެ. މިހޯދުންތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ހޯދުމަކީ ސްޓެމްސެލްސް އާއި ބެހޭގޮތުން ހޯދިފައިވާ ހައިރާން ކުރުވަނިވި ހޯދުންތަކެވެ. ސްޓެމްސެލްގެ އެހީގައި އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް ކޮށްފައިވާ ދިރާސާތަކެވެ. ސްޓެމްސެލްއަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ ތެރެއިން ވަކި މަސައްކަތަކަށް ޚާއްސަ ކުރެވިފައިވާ ސެލްތަކެއް ނޫނެވެ. ނަމަވެސް މިސެލްތަކަކީ އޭގެ ޒާތުގައި އެހެން ސެލްތަކަށް ބަދަލުވުމުގެ ޤާބިލުކަން ލިބިފައިވާ ސެލްތަކެކެވެ. ސްޓެމްސެލްގެ 3 ވައްތަރެއްވެއެވެ. އެއީ އެޑަލްޓް ސްޓެމްސެލްސް، އެމްބްރިޔޯނިކް ސްޓެމްސެލްސް އަދި އިންޑިއުސްޑު ޕުލޫރޮޕޮޓެންޓް ސްޓެމްސެލްއެވެ. އެޑަލްޓް ސްޓެމްސެލްސް އަކީ އެމްބްރިޔޯނިކް ސްޓެމްސެލް އާއި ހިލާފަށް ވަރަށް ކުޑަ މިންވަރަކަށް ‘ސްޕެޝަލައިޒްޑް’ ވެފައިވާ ސެލްތަކެކެވެ. މިސާލަކަށް ފުރަމޭ ގެ ތެރެއިން ފެންނަ (އެޑަލްޓް) ސްޓެމްސެލްސް އަކަށް ލިވާސެލް ނޫން އިތުރު ސެލް އަކަށް ބަދަލުވުމުގެ ޤާބިލުކަމެއް ލިބިފައެއް ނުވެއެވެ. އިންޑިއުސްޑު “ޕުލޫރޮޕޮޓެންޓް ސްޓެމްސެލް” އަކީ ލެބޯޓަރީގައި އުފައްދާ ސްޓެމްސެލްއެވެ. މިފަދަ ސްޓެމްސެލްތައް އުފަދަނީ އިންސާނާގެ ހަށިގަނޑުގެ ޖީންސްތަކުގެ އެތުރުން ބަދަލުކޮށްގެނެވެ.

( ފޮޓޯ: އައިރިޝް ޓައިމްސް)

ސްޓެމްސެލްއާއި ގުޅުން ހުރި ތަޙުލީލުތައްކުރުމަށް ސައިންސްވެރިން ޝައުގުވެރިވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ޑޮކްޓަރުންނާއި ދިރާސާ ކުރާމީހުން ޤަބޫލުކުރާ ގޮތުގައި ސްޓެމް ސެލްގެ ތަޙުލީލުތަކުން ބަލިތައް ޖެހެން ދިމާވާ ސަބަބުތައް ހޯދެއެވެ. މީގެ އިތުރުން ސްޓެމްސެލްގެ އެހީގައި، ބަލިތައް ޖެހުމުގެ ސަބަބުން ހަލާކުވެ ނެތިގެންދާ ސެލްތަކުގެ ބަދަލުގައި އާސެލްތައް އުފެއްދި ދާނެކަމުގެ އުއްމީދެއް ޑޮކްޓަރުންނަށް އެބަ އޮތެވެ. އަދި ރައްކާތެރިކަމާ އެކު އާބޭސްތައް ތަޙުލީލުކުރުމަށްވެސް މަގުފަހިވެގެން ދެއެވެ. ދެ ސައިންސްވެރިންކަމަށްވާ އާރނެސްޓް މެކްލޫޗް އާއި ޖޭމްސް ޓިލް “ނޮކްއައުޓް މައުސް” ގެ ނަމުގައި ސްޓެމް ސެލްސް އާއި ގުޅުން ހުރި އެންމެ ފުރަތަމަ ދިރާސާއެއް ކޮއްފަވަނީ 1989 ވަނަ އަހަރު ޔުނިވާރސިޓީ އޮފް އުތާ ގެ މާރިއޯ ކެޕަޗީ އާއި ޔުނިވާރސިޓީ އޮފް ނޯތް ކެރޮލީނާ ގެ އޮލިވާ ސްމިތްސް އަދި ކާރޑިފް ޔުނިވާރސިޓީ ގެ މާރޓިން އިވަންސްއެވެ. މިތަހުލީލުގައި “ނޮކްއައުޓް މައުސް” ގެ ނަމުގައި، ބައެއް ޖީންސް މަދުކޮށް މީދާތަކެއްވަނީ އުފައްދާފައެވެ. މި މީދާތައް ބޭނުންކޮށްގެން ތަފާތު ޖީންސްތަކުގެ ބޭނުންތައް ވަނީ ދިރާސާކޮށްފައެވެ.

މިހާ ހިސާބުން ފެށިގެން ދިރާސާވެރިންގެ ޝައުގު މިކަމަށްއުފެދި ސްޓެމް ސެލް ބޭނުން ކޮށްގެން ތަހުލީލުތަށް ފެށިއެވެ. އަދި 1956 ވަނަ އަހަރު ވަނީ ލޫކީމިއާ ބަލިމީހެއްގެ ބޯން މެރޯ ޓްރާންސްޕްލާޓް ގެ އެހީގައި ސަލާމަށް ކޮށްފައެވެ. ދެން ނަވާރަސްތޭކައި ގެ އަހަރު ތަކުތެރޭގައި އިންސާނުންގެ އެމްބްރިޔޯ ބޭނުންކޮށްގެން ސްޓެމްސެލް އުފެއްދުމާއި ސްޓެމް ސެލްތައް އެހެނިހެން ސެލްތަކަށް ބަދަލު ވުމުގެ ޤާބިލުކަންވެސް ލިބިގެން ވާކަން އެނގިގެންގެންދިޔައެވެ.

ދެހާހުގެ އަހަރު ތަކު ތެރޭ ހިތާ ގުޅޭ ހޯދުންތަކެށް ވަނީ ހޯދާފައެވެ. އެގޮތުން ބީޓިން ހާރޓް ސެލްސް އާއި ހާރޓް މަސަލް ސެލްސް ވަނީ އުފައްދާފައެވެ. މީގެ ސަބަބުން ހިތަށް ދިމާވާ ބަލިތައް ދިރާސާ ކުރުމަށާއި ދެނެގަތުމަށް ފަސޭހަވެގެން ދާނެ ކަމަށް ސައިނސްވެރިން ބުނެއެވެ. އަދި 2003 ވަނަ އަހަރު ޕްރޮފެސާރް އެންޓޯނިއޯ ބެލްޓްރަނިން، ވަނީ މަދުން ނަމަވެސް ހިތުގެ ތެރޭގައި ސްޓެމް ސެލް ހުންނަކަން ހޯދާފައެވެ. އަދި ހިތަށް ކަމެށް ވެއްޖެ ހާލަތެއްގައި މި ސްޓެމް ސެލްތައް ހާރޓް މަސަލް ސެލް އަށް ބަދަލު ކޮށްގެން ހިތުގެ ބަލިތަކުން ސަލާމަށްވެވޭނެ ކަމަށް ސައިންވެރިން ބުނެއެވެ.

ސްޓެމް ސެލް ތެރަޕީގެ އެހީގައި، ވާގިނެތުމުގެ މައްސަލައަށްވެސް ޙައްލެ ހޯދިދާނެކަމުގެ އުމީއްދެއް ލިބިފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގެ ސަބަބުން ކަނދުރާއިން ތިރި އެއްވެސް ވަރަކަށް ޙަރަކާތް ނުކުރެވި، ވާގިނެތިފައިވާ މީހަކަށް، އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުންވަނީ ފަރުވާކޮށްފައެވެ. ކާރު އެކްސިޑެންޓްގައި ލިބުނު ގެއްލުމުގެ ސަބަބުން މިމީހާގެ މައިބަދައަށް ބޮޑެތި ގެއްލުންތަކެއްވެ، ކަނދުރާއިން ތިރީގެ ޙަރަކާތް އެއްކޮށް ހުއްޓިފައިވެއެވެ. ސްޓެމް ސެލް ތެރަޕީގެ އެހީގައި މިފަދަ މައްސަލަތަކަށް ޙައްލެއް ލިބިދާނެ ކަމުގެ އުއްމީދެއް އޮތުމުން މިޑޮކްޓަރުންގެ ޓީމުން މިތެރަޕީގެ އެހީގައި ސްޓެމް ސެލްތަކެއް ބަލިމީހާގެ މައިބަދައިގެ ތެރެއަށް އިންޖެކްޓްކުރިއެވެ. އަދި އޭގެ ދެ ހަފްތާފަހުން އަތުގެ ކުދިކުދި ހަރަކާތްތަކެއް ކުރާކަން ފާހަގަ ކުރެވުނެވެ. ތިން މަސްފަހުން އަމިއްލައަށް ކައި، އަމިއްލަ ނަން ލިޔެ، އަދި ފޯނުން ބޭނުންކުރުން ފަދަ ޙަރަކާތްތައް ކުރެވެން ފެށިއެވެ. އަދި އަތުގައި ހިފާލުމުން ނުވަތަ ވިކާލުމުން އެކަން އިހްސާސްވެސް ކުރެވެން ފެށިއެވެ.

ސްޓެމް ސެލް ބޭނުން ކޮށްގެން ލޮލުގެ ފެނުން ކުޑަވެފައި ވާ މީހުންގެ ފެނުމަށް ބޮޑެތި ކުރިއެރުން ލިބިފަވާކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ އެމީހުންގެ ފެނުން އިތުރަށް ގޯސް ވީކަމަށެވެ. ހަމައެހެންމެ ސްޓެމް ސެލް ބޭނުން ކޮށްގެން އެޗުއައިވީ އަށް ފަރުވާ ދިނުމަށް މަސައްކަށް ކުރި ޑރ.ރޭއި މާރޓިން ބުނާ ގޮތުގައި އެދެވޭ ފަރުވާ އަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ފަރުވާއެކެވެ. އަދި ބޭސް ކައިގެން އެޗުއައިވީ ހިފަހަށްޓާ ލެވޭ އެއްވެސް ބަޔަކަށް މި ފަރުވާ އޭނާ ރިކޮމެންޑް ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކުރިއަރަމުން އަންނަ ދުނިޔޭގައި ސްޓެމް ސެލް ތެރަޕީގެ އެހީގައި ހޯދޭ ހޯދުން ތަކަކީ ބޭސްވެރިކަމުގެ ދުނިޔެއަށް ލިބިގެންދާ ބޮޑެތި ކުރިއެރުންތަކެވެ. އަދި މިފަދަ ކުރިއެރުން ތަކަކީ، ދިގުމުއްދަތަކަށް ނުކުޅެދުންތެރިކަން ތަޙައްމަލުކުރަން ޖެހިފައިވާ މީހުންނަށް ލިބިގެންދާނެ އުމިއްދެކެވެ. އަދި ފަރުވާ ނުލިބިދާނެ ކަމުގެ ބިރުހީވެފައިވާ މީހުންނަށް މިއީ އުފާވެރި ޚަބަރުތަކެކެވެ.

Original article: Faseeh, A. R. (2019, October). Feydhoo School virtual. Retrieved from fsvirtual.edu.mv: http://fsvirtual.edu.mv/mod/forum/discuss.php?d=1126#p1324