English Edition
Dhivehi Edition

ކޮންމެ ދުވަހަކު ޓޮމާޓޯ އެއް ކެއުމުން ފިރިހެން މީހާގެ ދަރިފަނި އިތުރުވާ ކަމަށާއި ދަރިފަނީގެ ބާރު ގަދަވާ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ޓޮމާޓޯގައި ހިމެނޭ ޑައިޓަރީ ކޮމްޕައުންޑެއް ކަމަށްވާ “ލެކްޓޯލައިކޮޕެން” އަކީ ދަރިފަނީގެ ކޮލިޓީ އާއި އަދަދު އަދި ސައިޒާއި ޝޭޕް ރަނގަޅުކޮށް ދޭ އެއްމާއްދާ ކަމަށް މިދިރާސާގައި ބުނެފައި ވެއެވެ. މިދިރާސާ ހެދި އެންޑްރޮލޮޖީ ރެޕްރޮޑަކްޝަން އެންޑް ހެޑް އޮފް ޔުނިވާސިޓީގެ ޕްރޮފެސަރ އެލަން ބުނީ ބޭސް ބޭނުންކޮށްގެން މި މައްސަލަ އަށް ފަރުވާ ހޯދާފައިވާ މީހުންނާއި އަދި ކޮންމެ ދުވަހަކު ޓޮމާޓޯ އެއް ކާންދީގެން ހެދި މިދިރާސާ އަށްފަހު ނަތީޖާ ފެނުމުން އޭނަ އަށް ،އިށީނދެގެން އިން ގޮނޑިން ވެއްޓުނުފަދަ އިޙުސާސެއް ކުރެވުނު ކަމަށެވެ.

މި ދިރާސާގައިވަނީ އުމުރުން 19-30 އަހަރުގެ 60 މީހުން ބައިވެރި ކޮށްފައެވެ.މީގެ ތެރެއިން އެއް ގުރޫޕްއަށް ކޮންމެ ދުވަހުގެ ނާސްތާއެކު ޓޮމާޓޯ ދެވިފައިވާއިރު، އަނެއް ގުރޫޕްގެ ބައިވެރިންނަށްވަނީ ބޭސްދީފައެވެ. އެގޮތުން 12 ހަފްތާވަންދެން ކުރި މިދިރާސާގައި އެންމެ ދަރިފަނީގެ އަދަދު ގިނަވެ އަދި ސިއްޙަތު ރަނގަޅު ބާރު ހުރި ދަރިފަނި ހުރިކަމަށް ދެއްކީ ޓޮމާޓޯ ކެއުމުގައި ބޭނުން ކުރި ފަރާތްތައް ކަމަށް ޕްރޮފެސަރ އެލަން ބުންޏެވެ.

މިދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތް ތެރިވި ޕްރޮފެސަރ އެލަން ބުނެފައިވަނީ މިގޮތަށް މިކަން ދިމާވެފައިވަނީ ޓޮމާޓޯގައި ގިނަ އަދަދަކަށް” ލެކްޓޯލައިކޮޕެން” ހިމެނޭތީ ކަމަށެވެ. މިތަކެއްޗަކީ ދަރިފަނި އާލާ ކުރުމަށް ބޭނުންވާ މާއްދާއެއްކަމަށްވެސް ޑޮކްޓަރ އިތުރަށް ބުނެފައިވެއެވެ. ލެކްޓޯލައޮކޮޕެން އަކީ ޓޮމާޓޯގައި ހުންނަ ރަތްކުލަ ދަމަހައްޓާ އެއްމާއްދާއެވެ. އަދި ބައެއް އެހެން ތަރުކާރީތަކުގައިވެސް މިމާއްދާ ހިމެނޭ ކަމަށް ޕްރޮފެސަރ ބުންޏެވެ.

މިދިރާސާ އަށްފަހު، ދަރިފަނީގައި މައްސަލަތައް ޖެހި ދަރިން ލިބުމުގެ ފުރުސަތު ކުޑަވެފައިވާ މީހުންނަށް މިޚަބަރަކީ އުފާވެރި ޚަބަރަކަށްވާނެ ކަމަށް ޔޫރަޕްގެ ޖާނަލް އޮފް ނިއުޓްރިޝަންގެ ރިޕޯޓެއްގައި ލިޔެފައިވެއެވެ.

ޓޮމާޓޯގައި ހިމެނޭ “ލެކްޓޯލައިކޮޕެން” އިން ފާޓިލިޓީ މައްސަލަތައް އެންމެ އެދެވޭ ގޮތުގައި ހައްލުކުރުމަށް ކުރެވޭ އިތުރު ސާވޭތައް ކުރަން މިހާރު ތައްޔާރުވަމުން ދާކަމަށް މިދިރާސާހެދި ޕްރޮފެސަރ އެލަން ބުނެފައިވެއެވެ.