English Edition
Dhivehi Edition

އަންހެން ކުއްޖަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް ރައީސުލްޖުމުހޫރިއްޔާ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އެދިވަޑައިގެންފި އެވެ.

ފަސްޓް ލޭޑީ މިގޮތަށް އެދިވަޑައިގެންފައިވަނީ “ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ” މައުރަޒު ހުޅުއްވާދެއްވުމަށް މިއަދު ހަވީރު ބ. ގޮއިދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން ނެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ އަންހެން ކުދީންނަށް ވަކި މަސައްކަތްތަކެއް ނުކުރެވޭނޭ ނުދެކި ކޮންމެ މަސައްކަތަކީ ވެސް އަދި ކޮންމެ ދާއިރާއަކުން ވެސް ކުރިޔަށް ދެވޭނެ ބައެއް ކަމުގައި އަދި އެ މަސައްކަތަކީ އެ ކުއްޖަކު އަމިއްލައަށް އިޚްތިޔާރުކުރާ ދާއިރާއެއްގެ މަސައްކަތަކަށް ހެދުމަށް އެކަމަނާ އެދިލެއްވި އެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ބާއްވާ މި ހަރަކާތުގެ ތެރެއިން ބ. ގޮއިދޫގައި މި ހުޅުވުނު މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށާއި ޢާއިލާ، މުޖްތަމަޢު އަދި ޤައުމަށް އެކި ރޮނގުން ހެޔޮ ބަދަލެއް ގެނައުމުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.