English Edition
Dhivehi Edition
އެފް.އެޗް.އޭ.އެމްގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް)ގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެ ބައްލަވައިލައްވައިފިއެވެ.

މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ މިއަހަރުގެ އެފް.އެޗް.އޭ.އެމްގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިއްޔެ ކުރެއްވި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ.

މިއަހަރުގެ މައުރަޒުގައި ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުންހުރި ގިނަ އަދަދެއްގެ ބޭރުގެ ވިޔަފާރިތަކުން ބައިވެރިވެފައިވާއިރު ރާއްޖެއާ ބޭރުގެ ޖުމްލަ 50 ކުންފުންޏެއްގެ 110 ސްޓޯލް ބަހައްޓާފައިވެއެވެ. އަދި މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ރިޒޯޓްތަކާއި ހޮޓާތަކުން ޖުމްލަ 500އަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ. މިއަހަރު 120 ރިސޯޓަކުން 21 ކެޓަގަރީއެއްގައި ބައިވެރިން ވާދަކުރާއިރު އޭގެ ތެރޭގައި 11 ޤައުމެއްގެ ޓީމުތައް ހިމެނެއެވެ.