ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން ކުރަށްވަމުން ގެންދަވާ މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމުން އެ ކޮމިޝަންގެ ރައީސް ކަން ކުރަށްވަމުން ގެންދަވާ މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވީ އޭނާ އެ ކޮމިޝަނުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދަން ހިމަނާފައި އޮއްވާ މިއަދު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އާއި އެ ކޮމިޝަންގެ ނައިބް ރައީސް ފާތިމަތު ޒޭނާ ވަކިކުރުމަށް ގޮތެއް ނިންމަވާނެ އެވެ. މަޖިލީހުން މިދެބޭފުޅުންނާއި މެދު ފިޔަވަޅު އަޅަން ނިންމީ ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުުރުމުގައި އިހުމާލުވެފައިވާ މައްސަލައާއި ގުޅިގެންނެވެ.