English Edition
Dhivehi Edition
ޒަމްއަތު

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުގެ މަގާމަށް ޓީވީ ޕްރެޒެންޓަރު ޒަމްއަތު އަހްމަދު ވަހީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވި ލިސްޓުގެ ތަރުތީބަކީ

  1. ޒަމްއަތު އަހްމަދު ވަހީދު، މަލަ / ގދ. ތިނަދޫ
  2. އިބްރާހީމް އަޝްރަފް، ވ. މަށަވެލި
  3. މޫސާ ރިޟްވާން، މ. ހާވިލާ
  4. ޒީނާ ޒާހިރު، އަތިރީގެ / ގދ. ގައްދޫ
  5. އަލީ ޔޫސުފް، ބާރަނާ / ޅ. ހިންނަވަރު
  6. ޝިމްލާ އަހްމަދު، އާސްޓްރަލްގެ / އައްޑޫ ހިތަދޫ

މި ލިސްޓުގައި ހިމެނޭ ބޭފުޅުންނަށް ރުހުންދިނުމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި އިންޓަވިއުކުރުމަށް ފަހު ކޮމިޓީން މާކްސް ދިން ގޮތަކީ:

  1. ޒަމްއަތު އަހްމަދު ވަހީދު – 89.29
  2. ޒީނާ ޒާހިރު – 84.57
  3. ޝިމްލާ އަހްމަދު – 76.86
  4. އިބްރާހީމް އަޝްރަފް – 67.71
  5. އަލީ ޔޫސުފް – 64.17

ނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ޒަމްއަތާއި ޒީނާ އާއި ޝިމްލާގެ ނަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން މަޖިލީހުން ނިންމީ ބްރޯޑްކާސްޓިން ކޮމިޝަނަށް ޒަމްއަތު އައްުޔަންކުރަން ރުހުން ދިނުމަށެވެ. ވޯޓުގައި ބައިވެރިވި 56 މެންބަރުން ވެސް ވޯޓު ދެއްވީ ޒަމްއަތަށް ރުހުން ދޭން ފެންނަ ކަމަށެވެ.