މުޅިއާއިލާއާއި އެކު ނުވަތަ ގިނަމީހުން ގޮވަިއިގެން ގޮސް އެއްމޭޒުދޮށެއްގައި ކާނަމަ ފަލަވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ. އަދި ހިކެން ބޭނުންނަމަ ނޫނީ ހަށިގަނޑު އެއްވަރެއްގައި ހިފަހައްޓަން ބޭނުންނަމަ އެކަނި އިނދެ ކެއުމުން އޭގެ ނަތީޖާ މާބޮޑަށްވެސް ރަނަގޅުކަމަށް މިދިރާސާ ކުރިފަރާތް ތަކުން ހާމަކޮށްފައިވެއެވެ.
ވަރަށްފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، އެއްތަނެއްގައި އާންމުކޮށް ގިނަމީހުން އެއްކޮށްތިބެ ކާ ކެއުމުގެ މިންވަރަކީ %48 އަދި އެމީހުންނަކީ ފަލަމީހުންނެވެ. އަދި އެކަނި ތިބެ ކާމީހުންގެ ތެރެއިން %29 ކީ އެމީހުން ކާމިންވަރަށް ވާއިރު އެއީ ހިކިމީހުންނެވެ. ޔުނިވާސިޓީ އޮފް ބާމިންގހަމް އިން ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ އެއްމޭޒުދޮށެއްގައި ތިބެ ގިނަމީހުން އެކީގައި ކާނަމަ ކާމިންވަރު ވަރަށް ބޮޑަށް އިތުރުވާކަމަށެވެ. އަދި ފާހަގަ ކުރެވުނުގޮތުގައި އެކަނި އިނދެ ކާމީހާ ކާމިންވަރު ވަރަށް ބޮޑަށްވެސް ދަށެވެ.
ގޭތެރޭގެ އާދަކާދަ އޮންނަ ގޮތުން މިހާރުވެސް ގިނަ އާއިލާތަކަކީ ވަކި ގަޑިއެއްގައި ކާމޭޒުދޮށަށް ޖަމާވެ ކާމީހުންނެވެ. މިގޮތަށް ތިބެ ކާއިރު މުޅިއާއިލާ އެއްތަންވެ އުފާވެރި ވަގުތު ކޮޅު ހޭދަކުރާއިރު ކެއުމަށް މާބޮޑު ސަމާލުކަމެއް ނުދެވި ކެވެނީ ކަމަށް މިދިރާސާތަކުގައި ބައިވެރިވެފައިވާ ބައެއްމީހުން ބުނެއެވެ. އަދި ބައެއް މީހުންނަކީ އެމީހުންގެ ރަހުމަތްތެރިން ގޮވައިގެންވެސް ތަންތަނަށް ގޮސް ކެއުމަށް ވަރަށް ގިނަވަގުތު ހޭދަކުރާމީހުން ކަމަށް އެއްބަޔަކު ބުނެއެވެ.
މިދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ގޭގައި ނުވަތަ ރެސްޓޯރެންޓްގައި އެކަނި އިނދެ ކާން އާދަ ވެފައިވާ މީހުން ބުނެފައިވަނީ އެކަނި އިނދެ ކާނަމަ އަވަހަށް ކައިނިންމާ ލަން އެމީހުން ކަނީ މަދު މިންވަރެކެވެ. އަދި ގޭތެރޭގައި ވެސް އެކަނި ކާން އާދަވެފައި ތިބި ގިނަމީހުން ބުނަނީ އެމީހުން އެކަނި އިނދެ ކާން ލޯބިކުރަނީ ދިރި އުޅުމުގެ ގިނަވަގުތު ސަލާމަތް ކުރުމަށެވެ.
އާއިލާ އަދި ރައްޓެހިންގެ ރެތޭގައި ގިނައިން ކެޔަސް ބައެއް މީހުން ބުނެފައިވަނީ އެމީހުން ޕާޓީތަކުގައިޔާއި ހަފްލާތަކުގައި އަދި ނުދަންނަ މީހުންންގެ ތެރޭގައި ގިނައިން ކެއުމަށް ލަދުގަންނަ ކަމަށެވެ. މިދިރާސާ ކުރި އެއްފަރާތް ކަމަށްވާ ޑޮކްޓަރ ރުޑޮކް ބުނީ، ގިނަމީހުން އެއްތަނެއްގައި ކެޔަސް ކާމިންވަރު މަދުކުރުމަށް އެޅިދާނެ އެއްފިޔަވަޅަކީ ތަށްޓަށް ކާނާ އަޅާއިރު މަދުން އެޅުމެވެ. މިހެން ހެދުމުން ދެންބާކީ ތިބިމީހުން ނަށް ގިނައިން ކާން އުނދަގޫވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނަބުންޏެވެ.