English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ގެއަކުން މޯބައިލް ފޯނެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހު 04:44 ހާއިރު ހިތަދޫ ގެއަކުން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާއި ގުޅިގެން، އެ ފޯނު ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިއަދު ހެނދުނު ފޯނު ހޯދާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހިތަދޫ ޕޮލިސް ސްޓޭޝަން އިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންނާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި ވައްކަންކޮށްފައިވަނީ ކޮން ގެއަކުން ކަމެއްވެސް އަދި ނޭނގެއެވެ. ނަމަވެސް ފުލުހުން ވަނީ ވަގަށް ނަގާފައިވާ ފޯނުގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.