English Edition
Dhivehi Edition
ހިތަދޫން ހޯދި ބަނގުރާ ތަކެއް/ފޮޓޯ ޕޮލިސްމީޑީއާ

އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ

މިތަކެތި ހޯދާފައިވަނީ މި މަހު 23 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އެކެޑެމީ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އައު އަހަރާ ދިމާކޮށް ރަށުތެރޭގައި ބަނގުރާ ބޭނުންކުރުމާއި ރަށުތެރޭގެ މަސްލަހަތު ނަގައިލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ހިތަދޫގެ އެކި ސަރަހައްދުތަކާއި ފަޅު ގޯތިތައް ބަލައި ފާސްކޮށްފައިވެއެވެ.

އެގޮތުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަންތަކަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނާއި ތަކެތި ފުލުހުންވަނީ ހޯދާފައެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަވަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.