English Edition
Dhivehi Edition

ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ނުޖަހާ ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު ފުލުހުންގެ އިންޓެލިޖެންސް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 27 ވީ އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނި ހިތަދޫ ވަލުތެރެއިން ކަމަށާއި އޭނާ އެވަގުތު ގެންގުޅުނު ތަކެތި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި 50 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.