English Edition
Dhivehi Edition

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް މީގެ 16 އަހަރު ކުރިން ދިން ޓެރެރިސްޓް ހަމަލާގައި ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ޑީއެންއޭގެ ޒަރިއްޔާއިން ދެނެގަނެވިއްޖެއެވެ.

މިކަން ދެނެގަނެވިފައި ވަނީ މީގެ ހަފްތާތަކެއް ކުރިން ޑީއެންއޭ ޓެސްޓްތަކަކުން ކަމަށް އެކަން ކުރި މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ. ނިއުޔޯކްގެ މެޑިކަލް އެގްޒަމިނާސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ހޯދިފައިވަނީ ފިރިހެނެއްގެ ހަށިގަނޑުކަމަށާއި، ނަމަވެސް އާއިލާގެ އެދުމުގެ މަތިން ނަން ހާމަކޮށްދެވެން ނެތްކަމަށެވެ. މިއީ 2015 ވަނަ އަހަރަށްފަހު މިގޮތަށް އިތުރު ހަށިގަނޑެއް ދެނެގަނެވުނު ފުރަތަމަ ފަހަރެވެ. އެހަމަލާގައި ނިޔާވެފައިވާ 1641 މީހުންގެ ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައިވެއެވެ.

މިހަމަލާގައި ގެއްލުނު މީހުންގެ ތެރެއިން %40 މީހުންގެ ހަށިގަނޑު ދަނެގަނެވިފައި ނުވެއެވެ. އެގޮތުން ބައެއް މީހުންގެ ހަށިގަނޑުގެ ބައިތައް ފެނިފައިވުމާއި، ބެކްޓީރިއާ އާއި، ހޫނުގެ ސަބަބުންނާއި އަދި ޖެޓް ފިއުލްގެ ސަބަބުން ގިނަ ހަށިގަނޑުތައް ދެނެގަނެވިފައި ނުވާކަމަށް އެމެރިކާއިން ހާމަކޮށްފައިވެއެވެ.

2000 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ވޯލްޓްރޭޑް ސެންޓަރަށް ދިން މިޓެރަރިސްޓް ހަމަލާގައި 2753 މީހުން މަރުވެފައިވެއެވެ. އަދި މިހަމަލާ ދީފައި ވަނީ ފްލައިޓެއް ބޭނުންކޮށްގެން ދެޓަވަރ ވެސް އެއްކޮށް ގޮއްވާލައިގެންނެވެ.