English Edition
Dhivehi Edition

ދިވެހި ފިލްމު މީ ލޯތްބަކީގެ ޓިކެޓް އައްޑޫ ސިޓީގައި ވިއްކަން ފަށައިފިއެވެ. މަރަދޫ ބޮނޑޮގެއާއި ތައުޒަން ބީސީ ރެސްޓޯރެންޓުން ވަނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށައިފައެވެ. އޭގެ އިތުރަށް ހިތަދޫ އެވްރީވަން ލާނިން ސެންޓަރާއި، ޕަވަޕާކް ރެސްޓޯރެންޓުން މިއަދު ހަވީރު 4:30 އިން ފެށިގެން ޓިކެޓް ވިއްކަމުން ގެންދާނެއެވެ. އޭގެ އިތުރަށް ފޭސްބުކުގައި ޝެއާ ކޮށްގެން ދެ ފަރާތަކަށް ދެ ޓިކެޓްވެސް ލިބޭނެ ކަމަށް ޓިކެޓް ވިއްކާ ފަރާތްތަކުން ބުނެފައިވެއެވެ. މި ފިލްމު އައްޑޫގައި ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އިން 13 އަށެވެ. މަރަދޫ، މަރަދޫފޭދޫ، ފޭދޫ މީހުންނަށް މި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މަރަދޫ ބޮނޑޮ ގޭގައެވެ. ހިތަދޫގައި މި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ އެވްރީވަން ލާނިން ސެންޓަރުގައެވެ.