English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސަލްޓެންޓަކަށް ހުރީ ކޮން އުސޫލަކުންތޯ ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ސުވާލު އުފައްދަވައިފި އެވެ.

ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދަވާފައި ވަނީ އެމްޑީއެންފަދަ އިސްލާމް ދީނަށް ފުރައްސާރަކުރި/ކުރަމުންދާ ލާދީނީ ޖަމިއްޔާއެއްގެ ޗެއާޕާސަން، ރައީސް އޮފީހުގެ ކޮންސަލްޓެންޓަކަށް ހުރީ ކޮން އުސޫލަކުންތޯ ކަމެވެ.

އެއީ ޤައުމުގެ ރައްޔިތުން ވަރަށް ނަފްރަތު ކުރާ ކަމެއް ކަމަށާއި، ރާއްޖޭގައި އުޅޭ “ހައެއްކަ ލާދީނީ މީހުން” ފިޔަވައި އެންމެންވެސް އިސްލާމް ދީނަށް ލޯބިކުރާ ކަމަށްވެސް އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެމްޑީއެން އަށް އަމާޒުކޮށް ޝެއިޚް ޒައިދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެންޓި-އިސްލާމިކް ނެޓްވޯކު ކިޔުމުން ބަހާ ޢަމަލާ ދިމާވާނެ ކަމަށެވެ.

“މިއަދު ތިޔަބައިމީހުންގެ އަސްލު މަޤްސަދު ބޭޒާރުވެ ނިމިއްޖެ! ދެން ބަހަނާ ދައްކާނެ ކަމެއް ނެތް! ސަރުކާރަށް އަޅުގަނޑު ގޮވާލާނީ މުޅި ރާއްޖެ، އެއް އަޑަކުން އެ ގޮވަނީއޭ މި އެންޖީއޯ އަށް ފިޔަވަޅު އަޅައިދޭން! މިއަޑު އައްސަވާށޭ!!!!”، އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވެއެވެ.

ޝެއިޚް ޒައިދު މިހެން ޓްވީޓު ކުރެއްވިއިރު، އެމްޑީއެންގެ ޗެއާޕާސަން ކަމުގައިވާ ނޫޝިން ހަމީދު ރައީސް އޮފީހުގައި މަސައްކަތް ކުރާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔައި، އޭނާ ވަގުތުން މަޤާމުން ވަކިކޮށް އެމްޑީއެން ބޭންކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.