ކީރިތި ރަސޫލާއަށް ބަދުބަސް ބުނުމަކީ އެއްގޮތަކަށްވެސް މަޢާފްކުރެވޭނެ ކަމެއް ނޫން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އިން “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާއިރުކުރި ރިޕޯޓާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Alhugadumen Muslimun amilla nafsah vure ves Nabiyya Sallahu Alaihi Wasallam dheke loabi van. Nabiyya Sallahu Alaihi Wasallam ah badhu bas bunakee ma'af kureveyne kameh noon. #BanMDN
— Dr Mohamed Iyaz (@dr_iyaz) October 4, 2019
“އަޅުގަނޑުމެން މުސްލިމުން އަމިއްލަ ނަފްސަށްވުރެވެސް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވަން”، އެ ޓްވީޓްގައި ޑރ. އިޔާޒް ވިދާޅުވެފައި ވެއެވެ. އަދި އެކަލޭގެފާނަށް ބަދުބަސް ބުނުމަކީ މަޢާފް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޑރ. އިޔާޒް ވަނީ އެމްޑީއެން ހުއްޓުވުމަށްވެސް ގޮވާލައްވައިފަ އެވެ.
ޑރ. އިޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދުވަސްކޮޅު ހަޖަމް ކުރަން ދަތި އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހިފައިވީނަމަވެސް، އެއްވެސް ބޭފުޅަކު ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލެއް ނުހިންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
Mi dhuvas kolhu Alhgadumen Muslimunnah hajam kuran dhathi udhagoo kanthah thakakaa kurimathilaan jehifai vee namaves evves beyfulhaku Qaanoonaai Qavaidhaai khilaafu amaleh nuhingevumah ilthimaas kuran. Ebaimeehunnah Radhdhu dhee javaabu dhaaree kuruvaanee Islami rivethi usoolun.
— Dr Mohamed Iyaz (@dr_iyaz) October 4, 2019
“އެބައިމީހުންނަށް ރައްދުދީ ޖަވާބުދާރީ ކުރުވާނީ އިސްލާމީ ރިވެތި އުސޫލުން”، ޑރ. އިޔާޒް ވިދާޅުވި އެވެ.