English Edition
Dhivehi Edition

އއ. ތޮއްޑޫގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެ، އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

ފުލުހުންނާއި ހަވާލާދީ “ސީއެންއެމް” އިން ރިޕޯޓްކުރާ ގޮތުގައި އެރަށުގައި މާރާމާރީއެއް ހިނގިކަމުގެ ޚަބަރު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ދަތިތަކުގެ ސަބަބުން ފުލުހުންނަށް ތޮއްޑޫއަށް ދެވުނީ ހެނދުނު 11:00 ގައި ކަމަށެވެ. އަދި އެ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކަށް ކަމުގައިވެސް ފުލުހުން ބުނެ އެވެ.

އޭނާ އަށް ތޮއްޑޫ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، މިހާރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށާއި، އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެކިވަރުގެ އަނިޔާތައްވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މިހާރު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުންގެ ޓީމެއް މިހާރު ތޮއްޑޫގައި ޙަރަކާތްތެރިވަމުންދާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

2 ކޮމެންޓް
meena
އޮކްޓޯބަރު 3, 2019
Rasdhooga thibey polihunnakee thedhu mauloomaathu dheybaeh nooon emeehu bunnheykiyaafa meega liyefa oiy echissaky dhogu
kaley
އޮކްޓޯބަރު 3, 2019
miadhu rashuge aaanmu rah rahyithunthakakahves v bodethi gellun dheefa ebahuri ekankanves habaruga jahaala dheeba Fihaarathakaa cafe adhi dhiriulhumah kuramun gendhaa dhanduverikamahves eothee bayaku gellun dheefa eves faahaga kuranjehey kameh.