English Edition
Dhivehi Edition

އެހެން އަހަރުތަކެކޭވެސް އެއްފަދައިން އުރަމަތީ ކެންސަރާއި ދެކޮޅަށް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވަމުން އަންނަ ހިނގާލުން މިއަހަރުވެސް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ ކޮންމެ އަހަރަކުވެސް ބާއްވާ “ޕިންކް ރިބަކް ރަން-ވޯކް” މިއަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ގުޅިގެން ބާއްވާ މި ހިނގާލުން މިއަހަރު އޮންނާނީ މި ހިނގާ އޮކްޓޯބަރ މަހުގެ 26 ވާ ހޮނިހިރު ދުވަހު ކަމަށް އެ ބޭންކުން ބުނެއެވެ.

އަދި މި ހިނގާލުން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

އޮކްޓޯބަރ މަހަކީ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން މުޅި ދުނިޔޭގައިވެސް ކޮންމެ އަހަރަކު ފާހަގަކުރާ މަހެކެވެ. ބީއެމްއެލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން މި ހިނގާލުން ބޭއްވުމަށް ކެންސަރ ސޮސައިޓީ އަށް އެހީތެރިވަމުންނެވެ.