English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދެއްކާފައިވާ ސާތް ނިބާނާ ސާތިޔާގެ ތަރި މުހައްމަދު ނާޒިމް(އެހެމް) ޓީވީ ޑްރާމާތައް ކުޅުން ކުޑަ ދުވަސްކޮޅަކަށް މަޑުޖައްސާލައިފިއެވެ.

07 އަހަރު ދުވަސްވަންދެން މެދު ކެޑުމެއް ނެތި ސާތް ނިބާނާގައި މަސައްކަތްކުރުމަށްފަހު މިހާރު ބޭނުންވަނީ އަމިއްލަ މަސައްކަތްކުރަން ކަމުގައި ނާޒިމް ވަނީ ބުނެފައެވެ. “އަހަރެން ބޭނުންވަނީ ޖިމެއް ހުޅުވަން. އަދި އަމިއްލަ ޑާންސް ކްލާހެއްވެސް ވަރަށް އަވަހަށް ހުޅުވާނަން.”ނާޒިމް ބުންޏެވެ. މިފަދަ މަސައްކަތެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފުރިހަމަ ސިއްހަތެއްގެ މުހިއްމުކަން އާންމުންނަށް އަންގައިދިނުމާއެކު މީހުން ހޭލުންތެރިކުރުން ކަމުގައި ނާޒިމްވަނީ ބުނެފައެވެ.

ޓީވީ ޑްރާމާތައް ހުއްޓާލުމަށްފަހު ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާނެކަމަށް ނާޒިމްވަނީ ބުނެފައެވެ. “އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވާ ފިލްމަކީވެސް ވަރަށް ސްޓަންޓް ގިނަ ފިލްމެއް. އަހަރެން މިހާރު މިދަނީ އެކަމަށްވެސް ތައްޔާރުވަމުން”ނާޒިމް ބުންޏެވެ. މީގެ އިތުރުން ނާޒިމް ބުނެފައިވަނީ ޑްރާމާތަކުގައި މަސައްކަތްކުރުމަކީ ހީކުރިވަރަށްވުރެ ގޮންޖެހުން ގިނަ އުދަގޫ މަސައްކަތެއް ކަމުގައެވެ. އަދި ޕާންޖާބީ އިން އަބަދު ވާހަކަދައްކަމުން އައިސްފައިވާތީ އެކަމުގެ ސަބަބުން ވަރަށް ގިނަ އުދަގޫތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ،

ޓެގު