English Edition
Dhivehi Edition

ފުލުހުންގެ އަމިއްލަ ޒާތާއި އަބުރަށް ހުތުރުވާ ފަދަ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެކަން ސީރިޔަސް މައްސަލައެއް ގޮތުގައި ބަލާ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ސީޕީ އަރީޕް ސޮއިކުރައްވައި ނެރުނު ދެންނެވުމުގައި ބަޔާންކޮށްފައިވަނީ އަބުރާ ބެހުމުގެ އަމަލެއް ހިންގައިގެން ފުލުހަކަށް ލިބޭ ގެއްލުމުގެ މަދަނީ ބަދަލު ހޯދުމަށް އެ ފުލުހަކު އަމިއްލަ ހައިސިއްޔަތުން ހުށަހަޅާ މައްސަލަތަކުގައި ވެސް ފުލުހުންގެ ގާނޫނީ އެހީތަކަން ދޭނެކަމަށެވެ

މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކޮށްގެން ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި، ފުލުހުންގެ ނަމުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

ޓެގު