English Edition
Dhivehi Edition

އަޅާލާނެ ބަޔަކު ނެތި މާލޭގެ މަގުމަތީގައި އުޅެމުން އަންނަ ޒުވާން އަންހެއް ކުއްޖެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އެ ޒުވާން އަންހެން ކުއްޖާގެ ފޮޓޯ ސޯޝަލްމީޑިއާގައި ހިއްސާކުރިފަރާތުން ބުނެފައިވަނީ، މިމަންޒަރަކީ ވަރަށް ހިތްދަތި މަންޒަރެއްކަމަށާއި މި ޒުވާން އަންހެން ކުއްޖާ އަކީ މާބަނޑު އަންހެން ކުއްޖަކަށް ވެފައި މިކުއްޖާ މިހެން މަގުމަތި ވެފައި ހުންނަތަން އާންމުގޮތެއްގައި ބާޒާރު ސަރަހައްދުން ފެންނަ ކަމަށެވެ. އަދި އެކުއްޖާ ހުރީ ވަރަށްބޮޑަށް ބަނޑުގައި ރިއްސައިގެން ކަމަށާއި އެވަގުތު ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ގެންގޮސްދީފާނެ ކަމަށް ބުނުމުން އައިޑީ ކާޑު ގެއްލިފައިވާ ކަމަށް އެކުއްޖާ ބުނިކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓް

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަގޮތުގައި އެކުއްޖާ ވަރަށް ބޮޑުވޭނެއްގައި އުޅޭހެން ހީވެއެވެ. އަތުގައި ކޮތަޅެއް އޮތްއިރު ގުދަނެއް ކައިރީ އިށީނދެލައިގެން އިނދެ ވެހެމުން ދިޔަވާރޭން ހިޔާވުމަށް ބޮލުގައި ރަބަރު ކަވަރެއް އަޅާފައި އިން ތަންފެނެއެވެ.

ނަން ނުޖަހަން ޝަރުތު ކުރަމުން މީހަކު “އޭއޯނިއުސް” އަށް މައުލޫމާތު ދެމުން ބުނީ މިކުއްޖާ އަކީ ނައިފަރަށް ނިސްބަތްވާ ކުއްޖެއްކަމަށެވެ. “އޭނަގެ ބައްޕަ ނައިފަރު މަންމަ ހިންނަވަރު. މަންމަ އާއި ބައްޕަ ވަނީ ވަކިވެފައި. މިކުއްޖާގެ އާއިލާ އަކީ ވަރަށް ނިކަމެތި އާއިލާއެއް. އެމީހުންގެ ގެދޮރު ރަށުގައި ނުހުންނަ ކަމަށް މައުލޫމާތު ލިބޭ. އަދި އެނގިފައިވާ ގޮތުގައި މިކުއްޖާގެ ފަހަރިއެއް މާލޭގައި ދިރިއުޅޭ” އެމީހާ ބުންޏެވެ.

މާލޭގެ މަގުމަތީގައި އާއިލާގެ އަޅާލުން ނުލިބި އެތައްބަޔަކު މަގުމަތި ވެފައި ތިބެއެވެ. މިގޮތަށް ތިބޭ ގިނަމީހުންނަކީ ކާންނުލިބި ބަލިވީމަ ބޭސްފަރުވާގެ ހިދުމަތްވެސް ނުލިބިތިބެ ސިއްޙީ ހާލަތު ވަރަށް ދަށްވެފައިތިބޭ މީހުންނެވެ.

މިހާދިސާ ކަމާ ބެހޭ ފަރާތުގެ ސަމާލުކަމަށް އައިކަމެއް އަދި ކަށަވަރުނުވެއެވެ.

 

1 ކޮމެންޓް
Jam
ސެޕްޓެމްބަރު 21, 2019
Hinnavaru kuhjakaa varah vahtharu.