އޮކްޓޯބަރު މަހު އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިންދޫކަރަނީ
1 މަސް ކުރިން
އާމިނަތު ޚާލިސާ

އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ  ޓޫރިޒަމް ޒޯންތަކުން ކުރިއަށް އޮތް އޮކްޓޯބަރު މަސްތެރޭގައި ބިންތައް ދޫކުރުމަށް އިއުލާންކުރާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުމީދޫގައި ބޭއްވި ބައްދަލުވުމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ ޓޫރިޒަމް ވިޔަފާރި ތަރައްޤީކުރުމަށް ބޭނުންވާ ކުލީ ބިންތައް ދޫކުރުން އަންނަ މަހު ކުރީކޮޅު އިއުލާންކުރައްވަނެކަމަށެވެ.

Advt

Advertisement

އައްޑޫ ސިޓީގެ ޓޫރިޒަމް ޕްލޭންގައި ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހިތަދޫ ފަޅޯ ދަނޑިފަންނު ޓޫރިޒަމް ޒޯން،މަރަދޫ ، މަރަދޫފޭދޫ ކަޅިބިތް އިންޓިގްރޭޓެޑް ޓުރިޒަމް ޒޯން އެންޑް ބީޗް،ފޭދޫ ދިގިހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން އެން ޓުރިޒަމް ބީޗް  އަދި ހުޅުދޫ މާފިށި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯން، މާފިށި އެކޯ ޓޫރިޒަމް ޒޯން، މާފިށި ޓޫރިސްޓް ބީޗްގެ އިތުރުން މީދޫ ހިކަހެރަ އިންޓިގްރޭޓެޑް ޓޫރިޒަމް ވިލެޖް އަދި މުލިމަތި އިންޓިގްރޭޓެޑް ޓޫރިޒަމް ޒޯންއެވެ.

އައްޑޫ ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ބިން ދޫކުރަނ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިންވެސް ވަނީ 2018 ވަނަ އަހަރު އިއުލާންކޮށްފައެވެ.އެހެންނަމަވެސް ފަހުން އެ ކުންފުނިންވަނީ  ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރަން ކުރި އިއުލާން ބާތިލްކޮށްފައެވެ