English Edition
Dhivehi Edition

2023ގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން އެޕާޓީން އިއުލާނުކޮށްފި އެވެ.

ރޭ ކުނޫޒްގައި ބޭއްވި ހަފްލާފައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީއަކީ ދެވަނަ ޕާޓީ ނުވަތަ ތިންވަނަ ޕާޓީގެ ގޮތުގައި އަބަދު ނޯންނާނެ ކަމަށާއި، އެ ޕާޓީއަކީ އެއްވަނަ ޕާޓީގެ ގޮތުގައި ހައްދަވާނެކަމަށެވެ. އެގޮތުން ޕާޓި ބޮޑުކުުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު 30،000 އިތުރު ކުުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޕާޓީއަށް ގިނަ ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަންވެސް ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ޕާޓީގެ ލީޑަރު އިންތިޚާބުކުރާނީ ބާއްވާ އިންތިޚާބުން ނެގޭ ވޯޓަކުން ކަމަށެވެ.

ގާސިމް ވިދާޅުވީ އިލްމުވެރިންނާއި، ތައުލީމީ އަދި ބުއްދިވެރިން ބުނަމުން އަންނަނީ ނާކާމިޔާބީއަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށާއި، އެ އުސޫލުން ބަލާނަމަ ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ، ގައުމަށްޓަކައި ކޮށްދޭން ހުރި މަސައްކަތްތަކެއްގެ ގިނަ ގުނަ ބުރަ މަސައްކަތްތަކެއް ކޮށްދޭން އޮތްކަން ދަލީލުކޮށްދޭ ސަބަބެއް ކަމަށެވެ. އަދި އެކަން މިއަދު ފެންނަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރ ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ހެދުން އެޅުމާ ގުޅޭ ވާހަކަތަކަށް ބައްލަވާލައްވާ އެފަދަ ވާހަކަތަކާ މެދު ހިތްހަމަ ޖެހި ވަޑައިނުގެން ވާހަކަދައްކަވާފައެވެ.

އަދި ކުރިއަށް އޮތް ފަސް އަހަރުވެސް ޖޭޕީ އޮންނާނީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އާއި އެކީ ކަމަށާއި ރައީސް ސޯލިހް އަށް ގޯނާކުރާ މީހަކާ ދެކޮޅަށް ޖޭޕީ އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.