English Edition
Dhivehi Edition

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝް ގެ އިތުރު މީހަކު ޑީޕޯޓު ކޮށްލައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މިއަދު ޑީޕޯޓު ކޮށްފައި ވަނީ އަބޫ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އޭނާ ޑީޕޯޓު ކޮށްފައި ވަނީ ވެލާނާ އިންޓަރޝަނަލް އެއާޕޯޓުގައި ހުއްޓައި ކަމަށެވެ. އިމިގްރޭޝަނުން ބުނީ އޭނާ އަށް ނޯޓިސް ދިނުމަކާއި ނުލައި ހުއްދަ ބާތިލުކޮށް، ޑީޕޯޓު ކުރެވިފައިވާ ކަމަށެވެ.

“އަބޫ ހަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ގެ ފިރިހެނަކު ރާއްޖޭގައި ހުރުމަށް އިމިގްރޭޝަން އިން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާއި ޙިލާފުވުމުގެ ސަބަބުން، އޭނާ ވަނީ މިރޭ އެއާޕޯޓް އިން ހިފަހައްޓައި، ނޯޓިސް ދިނުމަކާ ނުލައި ހުއްދަ ބާތިލުކޮށް، ޑީޕޯޓު ކުރެވިފަ” އިމިގްރޭޝަނުން ވިދާޅުވިއެެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ފާއިތުވި އަހަރުތަކުގައި ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ރާއްޖޭގައި ހެދިފައި ހުރި ސާވޭ ތަކުން ދައްކާ ގޮތުގައި ކޮންމެ 4 ދިވެއްސަކަށް އެއް ބަންގްލަދޭޝް މީހަކު ރާއްޖޭގައި އުޅެއެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބަންގްލަދޭޝް މީހުން ފިލައިގެންނާއި އެމީހުންނަށް ލާރިނުދީގެން ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސްފައި އެބަ ހުއްޓެވެ .