English Edition
Dhivehi Edition

އުމުރުން 38 އަހަރުގެ ލަންކަޓައި ހާރަތު، އަކީ އިންޑިއާގެ ސިޓީއެއް ކަމަށްވާ މަހަރާސްޓާގެ ބީޑްސް އަށް އުފަން ފަގީރު އާއިލާއެއްގެ އަންހެނެކެވެ. އޭނަގެ ބަރުދަނަކީ އެންމެ 45ކިލޯއެވެ. މިހާރު 17 ވަނަ ކުއްޖާއަށް ބަލިވެއިން އިރު އެނަގެ ސިއްޙީ ހާލަތާމެދު އެއަވަށުގެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރުމުން މިހާރު އެއަވަށުގެ ސިޓީ ހޮސްޕިޓަލުގެ ސަމާލުކަމަށް ވަނީ އޭނަގެ ސިއްޙީ ހާލަތު އައިސްފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ “ޓީއައިއޯ” ގައި ރިޕޯޓްކޮށްފައި ވާގޮތުގައި ހާރަތުގެ ސިއްޙީހާލަތު މިހާރު ވަރަށްދަށެވެ. އޭނަގެ ބަނޑަށް މިހާރު 28ހަފްތާވެފައިވާއިރު ވިހެއުމުގައި އޭނަގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރުއެބައޮތްކަމަށް ހޮސްޕިޓަލާ ހަވާލާދީ ޓީއައިއޯ ގައި ރިޕޯޓްކޮށްފައި ވެއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ ހާރަތުގެ ސިއްޙީ ހާލަތު އެނގުމުން ގޮސް އެއާއިލާއާ ވާހަކަ ދައްކައި އޭނަގެ ހާލަތު ބެލިކަމަށެވެ. އަދި މިހާތަނަށް ބަލިވެއިން އެއްވެސް ފަހަރަކު ހާރަތު ދުވަހަކުވެސް ޑޮކްޓަރަކަށް ދައްކާފައި ނުވާ ކަމަށާއި ވިހައިފައިވަނީ ވެސް އަމިއްލަ ގޭގައި ފިރިމީހާގެ އެހީއާއެކުކަމަށް އެނގިފައިވާ ކަމަށް ހޮސްޕިޓަލުން ވާހަކަދެއްކި އަނިލް ޕަްދޭސީ ޓީއައިއޯ އަށް މައުލޫމާތުދީފައިވެއެވެ.

ހާރަތުގެ ސިއްޙީހާލަތު މިހާރު ވަރަށް ދަށްވެފައިވާއިރު އޭނައަށް ވިހެއުމުގެ ތެރޭގައި ބޮޑެތި ސިއްޙީ މައްސަލަތައް ދިމާވެ ފުރާނައަށްވެސް ނުރައްކާވެދާނެކަމަށް އޭނަގެ މެޑިކަލް ކަންތައް މިހާރު ބަލަހައްޓަމުންދާ ޑޮކްޓަރ ބުނެފައިވެއެވެ. “އަހަރެން ބުނިން ހާރަތު ވިހަންދެން އަޅުގަނޑުމެން ނަށް ގަވައިދުން ދައްކާ ފަރުވާހޯދަން. ހޮސްޕިޓަލްގަ ބާއްވަންޖެހިއްޖެ ހާލަތެއްގައި ހޮސްޕިޓަލްގައި މަޑުކުރުމަށްވެސް. އެހެން ނަމަވެސް ހާރަތު ބުނީ އޭނަ ހޮސްޕިޓަލްގައި ބާއްވައިފިއްޔާ ކޮންމެދުވަހަކު ދަރީންގެ ހަރަދު ބަލަހައްޓަން މަސައްކަތް ކޮށްގެން ހޯދާ ފައިސާ ހޯދާނީ ކިހިނެއްތޯ” ޑޮކްޓަރ މީޑިއާ އާވާހަކަދައްކަމުން ބުންޏެވެ.

ހާރަތުގެ ދުނިޔޭގައި ތިބިދަރީންގެ ހަރަދު ބަލަހައްޓަނީ އޭނަ މަސައްކަތްކޮށްގެން ދުވާލެއްގެ މައްޗަށް ލިބޭ 100ރުޕީސް ނޫނީ 200ރުޕީސް އިންނެވެ. ހާރަތު ބުނެފައިވާގޮތުގައި އޭނަގެ ފިރިމީހާ ބޯންގަންނަ ރާފުޅިވެސް ގަންނަން ޖެހެނީ އޭނައަށް ލިބޭމަދު ފައިސާއަށެވެ.

ބީޑްސްގެ ސިޓީ ހޮސްޕިޓަލުން މިހާރުދަނީ ހިލޭސާބަހަށް ހާރަތު ވިހަންދެން އޭނަގެ ބޭސްފަރުވާގެ ހުރިހާކަމެއް ބަލައްޓަމުންނެވެ.

ހާރަތު ވިހެއި ކުދިންގެ ތެރެއިން މިހާރު 11 ކުދިން ދުނިޔޭގައި ތިބިނަމަވެސް ފަސްކުދިންވަނީ ވިހެއުމަށްފަހު މަދުދުވަސްކޮޅެއްގެ ތެރޭގައިޔާއި ވިހެއުމުގެ ކުރިން މަރުވެފައެވެ. އޭނަގެ އެންމެ ބޮޑަށް 21 އަހަރުގެ ފިރިހެން ކުއްޖަކުހުރި އިރު މިއުމުރުގައި އޭނަގެވެސް އަންބަކާ 3ދަރިން އެބަތިއްބެވެ.

އިންޑިއާގެ އަވަށެއްކަމަށްވާ ހަރްޔާނާގައި 2007 ވަނަ އަހަރު އަންހެނަކު ވަނީ 23 ކުދިން ވިހައި އިންޑިއަގައި އެންމެ ގިނަ ކުދިން ވިހެއިމީހާގެ ރެކޯޑް ހަދާފައެވެ.