ގދ. ތިނަދޫ މީހަކު އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ހާމަކޮށްފިއެވެ.
މިމީހާ ބުނެފައިވަނީ ހަވަރު ތިނަދޫގެ މަގުމަތީގައި ޒުވާނުން އެެއްކޮށްގެން ލާދީނީ ވާހަކަ އިއްޔެ ދައްކައިފައި ވާނެކަމަށާއި އަދި މިފަދަ ބޮޑެތި ޖަލްސާތައްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާނެ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މިއީ ރުޝްތަމް ނަމަކަށްކިޔާ ފިރެހެނެކެވެ. އަދި މީނާއަކީ މީގެ ކުރިންވެސް އިސްލާމްދީނާއި ހިލާފު ވާހަކަތައް މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކުގައި ލިޔެ ޝާއިއުކުރަމުންދާ ފަރާތެކެވެ.
ތިނަދޫއިން ވާހަކަދެއްކި މީހަކު ބުނީ މިމީހާ ހައްޔަރުކުރުމަށްޓަކައި މިމީހާ ގެއިކައިރީ މިހާރު ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.