English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު “ތިބާ ސައިކޮލޮޖީ” ކުލިނިކް ރަސްމީގޮތުން ރޭ ހުޅުއްވައިދެއްވައިފިއެވެ.

ނަފްސާނީ ބަލިތަކަށް ޙާއްސަކޮށްގެން ހުޅުވި މި ކުލިނިކު ހުންނާނީ މާފަންނު ފްލެމިންގޯ ގޭގައި އެވެ.

މި ކުލިނިކް ހުޅުއްވައި ދެއްވުމަށް ފަހު ފަސްޓް ލޭޑީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ޙަރަކާތްތެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެއީ އުފާކުރައްވާ ކުރިއެރުމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ވަނީ ރޭގައި މި ކުލިނިކް ގެ ވެބްސައިޓް އިފްތިތާހްކޮށް ކްލިނިކުގައި ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.