English Edition
Dhivehi Edition

އަލީ އަޝްފާގު (ދަނގަޑޭ) ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ނަގަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެގޮތުން އޮންލައިން “ވަގުތު” ނޫހާއި ހަވާލާދީ އެނގިފައިވާ ގޮތުގައި “ވަގުތު” ނޫހަށް މައުލޫމާތު ދިން ޤައުމީ ޓީމުގެ އޮފިޝަލަކު ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ކުޅެން ނެގި ރާއްޖޭގެ 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ހިމަނާފައިވާ ކަމަށާއި މާދަމާ ފަށާ ޕްރެކްޓިސްގައި ދަގަނޑޭ ބައިވެރިވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނގަޑޭ މިހާރު ވަނީ ހޮޓެލް ޖެންގައި ކޭމްޕް ހަދާފައިވާ ޤައުމީ ޓީމާއި ގުޅިފައެވެ.

ދަނގަޑޭ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ. ދަނގަޑޭ ވަނީ ރާއްޖޭއިން ފުރަތަމަ ފަހަރަށް ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތަކުން ހޯދި ރަން މެޑަލް އާއިއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.