English Edition
Dhivehi Edition

ސުޕްރީމްކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅެއްގެ ނަންފުޅެއް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހުށައަޅައިފި އެވެ.

ރައީސް މިފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހުށައެޅުއްވި ނަންފުޅަކީ ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒް އަލީ ޒާހިރު ގެ ނަންފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސްޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ބޭފުޅެއްގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވާފައި މިވަނީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ޤާނޫނު ބުނާގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު 7 ފަނޑިޔާރުން ތިއްބަވަން ޖެހެއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު އައިޝާ ޝުޖޫނު ގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ.