English Edition
Dhivehi Edition

ޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައިޝާ ޝުޖޫނު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ނިންމައިފި އެވެ.

މިރޭގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ ތާއީދާއި އެއްކޮށް ޝުޖޫނު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ރުހުން ދީފައެވެ. ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން، ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ލަފާ ދީފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު ވަނީ ކުރިމަތި ލާފައެވެ. މި ހަތަރު ބޭފުންނަކީ ވެސް ފިރިހެނުންނެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ބޭފުޅުން އައްޔަން ކުރާތީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަކުންނެވެ.