English Edition
Dhivehi Edition

ސުޕްރީމްކޯޓުގެ ފަނޑިޔާ ކަމުގައި ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން 72 މެންބަރަކު އޭނާ އެ މަގާމުން ދުރުކުރުމަށް ވޯޓު ދެއްވައިފި އެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ރޭ ޖުޑިޝަރީ ކޮމިޓީއިން ވަނީ އޭނާ އެ މަގާމުން ދުރުކުރުމަށް ވޯޓު ދެއްވާފަ އެވެ.

ދީދީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރިއިރު އޭނާގެ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ބާލާފައެވެ. އަދި ޖޭއެސްސީގެ ރިޕޯޓު ގައި ބުނީ ދީދީ، ފަނޑިޔާރުކަމުގެ މަގާމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ޚިލާފުވެފައިވާ ކަމަށެވެ.

ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް:
ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
ނުފޫޒުތަކުގެ ދަށުވުން
ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން
ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަން
ޝަރީއަތަށް ގުޅުވައި މަންފާތަކެއް ހޯދުން

ދީދީގެ ގޮނޑި ގެއްލުމުން ސުޕްރީމްކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަން ކުރާނެއެވެ. މިހާރު ވެސް ދަނީ ސުޕްރީމްކޯޓަށް އިތުރުކުރި ދެ ފަނޑިޔާރުންގެ ގޮނޑިއަށް ދެ ބޭފުޅުން އައްޔަން ކުރަން މަސައްކަތްތައް ކުރަމުންނެވެ. ރައީސް ވަނީ ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.