English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަށްވާފައި އެވެ. އަދި ރައީސް ސޯލިހް ވަނީ ޑރ. ސުބްރަމާނިއަމް އަށް އެކްސްޓަރނަލް އެފެއާޒް މިނިސްޓަރގެ މަގާމު ލިބިވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް އަށް ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ އިންޑިޔާގެ ރައީސަށާއި ބޮޑުވަޒީރަށް އުފާ ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.