English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް

އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެންދިޔަ ގޮތް ތަހްގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ ކޯނީ ރިޕޯޓު މިހާރު ނެތްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހދ. ނޭކުރެންދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތް ތަހުގީގު ކުރަން އެކުލަވާލީ ރިޕޯޓް މިހާރު ނެތްކަމަށެވެ. އަދި ކޯނީ ރިޕޯޓް ހޯދުމަށް ފުލުހަށް ހުށައަޅާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެއީ ދައުލަތުގެ ބޮޑު ސިއްރެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެކަން ބަލާ ތަހުގީގުކުރުމުން އޭގެ ޒިންމާވާ މީހުން އެނގޭނެކަމަށެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތް ބެލުމަށް އުފެއްދި ކޮމިޝަނުން އެކުލަވާލި ކޯނީ ރިޕޯޓްގައިވަނީ ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބައާވާތަކުން ނޫންކަމަށެވެ.

ރައީސް ސޯލިހް ކޯނީ ރިޕޯޓް ގެއްލިފައިވާކަމަށް ވިދާޅުވެފައިވާ އިރު އެ ރިޕޯޓް ކޯނީގެ ވެބްސައިޓުގައި މިހާރުވެސް ފެންނަން އެބައޮތެވެ.