English Edition
Dhivehi Edition
ރައީސް ސޯލިހް

ފެނަކައަކީ ސަރުކާރަށް އާމްދަނީ ހޯދަން އޮންނަ ކުންފުންޏެއް ނޫންކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނިން ވީހާ ވެސް ގިނަ ވަޒީފާ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމުގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް ސޯލިހް ވަނީ ކޮންމެ ރަށެއްގައި ހިންގާ ފެނަކަ އޮފީހުން ‘ސިޔާސީ’ ގޮތުން ގިނަ ވަޒީފާތަކެއް ދޭ ކަމަށް ބުނެ ދައްކަމުންދާ ވަހަކަތަކަަށް ރައްދު ދެއްވާފައެވެ.

މި ގޮތުން ރައީސް ސޯލިހް ވިދާޅުވީ ފެނަކައަކީ ރަށްރަށުގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ވެސް ދޭ ކުންފުންޏެއް ކަމަށެވެ. އަދި މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ފެނަކައަކީ ހަމައެކަނި ކަރަންޓު ދޭ ތަނެއް ނޫންކަމަށެވެ.

ފެނަަކައަކީ ސަރުކާރަށް ބޮޑު ފައިދާއެއްވާ ވިޔަފާރި ކުންފުންޏަކަށް ހެދުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދީ، ލިބޭ އާމްދަނީއަކުން ކިރިޔާ ފުދުމުން މަގްސަދު ހާސިލުވީ ކަމަށެވެ.