English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވި ކަމުގެ ޚަބަރަު ސޯޝަލް މީޑިއާގައި ފެތުރެން ފަށައިފިއެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވަން މައުމޫން ކުރެއްވި ކަމެއްކަމަށްވަނީ ފަނޑިޔާރުންނަށް ގުޅުއްވުން ކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް މީހުންވަނީ ބުނެފައެވެ.

“ތިރީސް އަހަރުގެ ވެރިކަމުގައި ފަނޑިޔާރުންނަށް މައުމޫން ހުކުމް ލިޔެދޭން ފޯންކުރިގޮތަށް ހަމަ އަދިވެސްވޭތޯ އުޅުއްވަނީ ދެރަކެއް،” ކަމަށް މީހަކު ބުނެފައިވެއެވެ. އެހެން މީހަކު ބުނެފައިވަނީ މައުމޫން އެފަދަ ކަމެއް ކުރެއްވުމުން “އަންނަނީ ހިނި” ކަމަށެވެ.

ޖުޑިޝަރީއަށް އަތްބާނަން މައުމޫން މަސައްކަތް ކުރައްވާތީ ހިތާމަކުރާ ކަމަށާއި ވެރިކަމުގައި ހުންނެވި އިރުވެސް އަދި މިހާރުވެސް އަމަލު ކުރައްވަނީ އެގޮތަށް ކަމަށް އެހެން މީހަކު ވަނީ ބުނެފައެވެ.

“ދަރިފުޅުގެ ޝަރީއަތަށް އަތްބާނަން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފޯނުންގުޅައި އޯޑަރުދޭން މައުމޫނަށް ކެރޭއިރު ޑިމޮކްރަސީ ކޮބާ؟” އެހެން މީހަކު ބުނެފައިވެއެވެ.

ފާރިސްގެ މައްޗަށް އުފުލައިފައިވަނީ ޝަޚުސު އޮޅުވައިލުމުގެ ދައުވާއެވެ. އެދައުވާގެ ޝަރީއަތުގެ އައަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރެއްވުމަށްފަހުވަނީ ކެންސް ކުރައްވައިފައެވެ.