English Edition
Dhivehi Edition

ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު މަޖިލީހުން ރުހުން ލިބުމާއި އެކު ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމެޓީން އައިޝާ ޝުޖޫން މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

ބާ ކައުންސިލުން މިއަދު ވަނީ ޝުޖޫން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަގާމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ އައިޝާ ޝުޖޫނު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އަޣުލަބިއްޔަތުން ޝުޖޫނު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ރުހުން ދީފަވެއެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން، ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ލަފާ ދީފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.