English Edition
Dhivehi Edition

އައްޑޫސިޓީ ގައި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކޮށްދެއްވާނެ ކަމަށް ސްރީލަންކާ ގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ރަނިލް މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ބޮޑުވަޒީރު ވިދާޅުވީ އެޤައުމުން އައްޑޫ ސިޓީގައި ޑްރަގް ރިހެބް ސެންޓަރެއް ގާއިމް ކުރުމަށް އެހީވެދީ، އެތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

“ސްރީލަންކާއިން އައްޑޫސިޓީގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމަށް އެހީވެދޭންވަނީ ނިންމާފައި. އަދި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދޭނަން”. ބޮޑުވަޒީރު ރަނިލް ވިދާޅުވިއެވެ.

ރަނިލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ ސްކޫލް އިމާރާތް ކުރުމަށް ރައީސް ސޯލިހް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ހުށައެޅުއްވި ކަމަށާއި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވޮކޭޝަނަލް ދާއިރާއިން ދިވެހިން ތަަރައްޤީ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށާއި ދިވެހި ދަރިވަރުންނަށް އެޤައުމުގައި މަތީ ތައުލީމު ހާސިލްކުރުމުގެ އިތުރު ފުރުސަތުތައް ދިނުމަށް ނިންމާފައިވާކަމަށް ބޮޑުވަޒީރު ރަނިލް ވަނީ ވިދާޅުވެފައެވެ.