މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދު، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަރުވައިފި އެވެ.
ރައީސް ނަޝީދަށް މި ޑްރާފްޓް ރިޕޯޓު އެރުވި އިރު އިއްޔެ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޟްވާން މަރާލާފައިވާ ގޮތް ކިޔައި ދިނެވެ.
ސުއޫދު އިއްޔެ ވިދާޅުވީނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އެމީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވާނެކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ބައެއް މީހުން ސިރިއާއަށް ފިލައިގެން ގޮސްފައިވާކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅޭ ބަޔަކު އަދިވެސް ރާއްޖޭގައި އުޅޭ ކަމަށެވެ.
ރިލްވާން މަރާލިގޮތް ކިޔައި ދެއްވަމުން ސުއޫދު ވިދާޅުވީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލެ އިން ރިލްވާން ކިޑްނެޕް ކޮށްގެން ގަދަކަމުން ކާރަކަށް އެރުވި ކަމަށެވެ. އަދި ރިލްވާން ޑިންގީއަކަށް ލައިގެން ގޮސް އެހެން އުޅަނދަކަށް ލައި އޭނާ މަރާލީ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ރިލްވާން މަރާލާފައި ވަނީ ކަރުގައި ދާގަނޑެއް އޮޅާލާފައި ކަމަށެވެ. ސުއޫދު އިތުރަށް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވުމަށް ކުރީގެ ރައީސް ޔާމީން އާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކޮށްފައިވާ ކަމަށެވެ.