English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު ޓެގް އަޅުވާފައި ގެއަށް ބަދަލުކޮށްފި އެވެ. އަދީބުގެ ފައިގައި ޓެގު އެޅުވީ އޭނާގެ ޙަރަކާތްތައް މޮނިޓަރ ކުރެވޭނެ ގޮތަށެވެ.

އަދީބު ރޭ ގޭބަންދަށް ފޮނުވިއިރު އޭނާ ހުރީ ހިޔާނާތުގެ މައްސަލައިގައި މާފުށީ ޖަލުގައި އެވެ. އަދީބު މާފުށީ ޖަލުގައި ހުރުމުގެ ތެރޭގައި އޭނާ ވަނީ ޖަލުގެ ފާހާނާ އަށް ވެއްޓި ބޮލަށް ގެއްލުންވެސް ވެފައެވެ. އަދި އަދީބުއަށް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދީފައެވެ.

އަހުމަދު އަދީބު ވަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެގެން ޤާނޫނާ ޙިލާފު އެތަށް ކަމެއް ކުރެއްވިކަމަށް ޔާމީންގެ ޝަރީއަތުގައި އެއްބަސް ވެފައެވެ. ދައުލަތުން ޔާމީންގެ މައްޗަށް އުފުލަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އަދީބު ވަނީ ޔާމީންގެ މައްޗަށް އުފުލާ މަނީ ލޯންޑްރިންގެ ދައުވާގައި ޔާމީނާއި ދެކޮޅަށް ހެކިބަސްވެސް ދީފައެވެ.