English Edition
Dhivehi Edition

ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުއަށް ރޭ މީހަކު ހަމަލާ ދީފިއެވެ.

އަޒްލީން އަށް މީހަކު ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ތިރީގައި ހުރި ކެފޭއެއް ކައިރިން ނެވެ. އަޒްލީން ވިދާޅުވީ ރޭ 12:30 ހައިރު އޭނާއަށް ހަމަލާދިން މީހާ ހާ ދެފަހަރު އޭނާގެ ގައިގައި ޖެހި ކަމަށާއި އޭނާއަށް ދިމާއަށް ވަގަށްވެސް ގޮވާފައިވާކަމަށެވެ. އަޒްލީންއަށް ހަމަލާދީފައިވަނީ އެމްޑީޕީ އެކްޓިވިސްޓެއްކަމުގައި ތުހުމަތު ކުރައްވާ އޭނާ ވިދާޅުވީ ހަމަލާދިން މީހާ އޭނާއަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ. ” ޖޭޕީ އަަށް ސޮއިކުރީ އިތުރު ބަގާވާތެއް ކުރަން ކަމަށް ބުނެ މަރުގެ އިންޒާރުވެސް އެ މީހަވަނީ ދީފަ”އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އޭނާ ސަލާމަތްކުރީ އެވަގުތު އެ ސަރަހައްދުން ދަތުރުކުރި ފުލުހުންގެ ވެހިކަލެއްގައި ތިބި ފުލުހުންތަކެއްކަމަށާއި މިހާރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.