English Edition
Dhivehi Edition

ޖަމްޢިއްޔާ ޖަމާޢަތްތައް ސިޔާސީ ނުވެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރަމުން ގެންދިޔުމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ގޮވައިލައްވައިފިއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޒްލީންވަނީ ޖަމިއްޔާ ޖަމާއަތްތަކުން މުޖުތަމުއަށް ފައިދާހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވަނީ ގޮވާލާފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ސަތޭކަ ޖަމްޢިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުންތަކުގައި ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި، ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލުކުރުމަށް ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާނެކަންކަމުގެ މަގުޗާޓެއްވެސް މި ފޯރަމްގައި ވަނީ އެކުލަވާލާފައެވެ.

މި ފޯރަމް ބާއްވާފައިވަނީ ޖަމްއިއްޔާތަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށްފަހުގައެވެ.