English Edition
Dhivehi Edition

މަރުގެ ހުކުމް ތަންފީޒުކުރަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެ ކަމަށާއި މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެއްޖެއެވެ

އިއްޔެ އަޒްލީން ވިދާޅުވީ މަރުގެ ހުކުން ތަންފީޒުކުރުން ލަސްވަނީ އެއީ ބޮޑު ކަމެއް ކަމަށް ވުމުން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރުމުން ކަމަށެވެ.މީގެ އިތުރުން އަޒްލީން ވިދާޅުވީ އިސްލާމްދީންގައި ކަނޑައަޅާފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރައްވާނެކަމަށް އެތައް ފަހަރަކު ވިދާޅުވެފައިކަމަށެވެ

މަރުގެ އަދަބު ދިނުމާ ގަވާއިދެއް ސަރުކާރުން އެކުލަވާލާފައިވާއިރު އެ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ