English Edition
Dhivehi Edition

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ގަރާރުގައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އުސޫލު ގާއިމުކޮށް އެ އުސޫލާ އެއްގޮތަށް ކަނޑައެޅުން ބޭނުންތެރި ކަމަށެވެ.މެމްބަރ އިސްމާޢިލް އަޙަމްދު ހުށަހަޚުއްވާފައިވާ ޤަރާރުގައިވާ ގޮތުން އެކި ސިނާޢަތް ތަކަށް އެކިޢަދަދަށް ނުވަތަ ހުރިހާ ސިނާޢަތްތަކަށް އެއް ޢަދަދެއް ކަނަޑައެޅިފައި އޮތުމަކީ މުހިއްމުކަމެކެވެ. އަދި ކަނޑައެޅޭ އެއްމެ ކުޑަ އުޖޫރަ ނުދޭފަރާތްތަކާއި މެދު ޢަމަލުކުރެވޭނެ ގޮތާއި އަދި އަދަބު ކަނޑައެޅިފައި އޮތުމަކީވެސް މުހިއްމު ކަމެއްކަމަށް އިސްމާޢިލު އަޙްމަދު ހުށަހެޅުއްވި ޤަރާރުގައި ފާހަނގަކޮށްފައި ވެއެވެ.

އުޖޫރަ ކަނޑައަޅާ އިރު، ދާއިމީ ވަޒީފާތަކާއި ވަގުތީ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އުުޖޫރަދެވޭނެ އެއްމެ ކުޑައަގެއް ކަނޑައެޅުމަކީ ކޮންމެހެން ވެސް ކުރަންޖެހިފާއިވާ ކަމެއްކަމަށާއި ،މިއަގު ކަނޑައެޅުމުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު އިތުރު ވެގެންދާނެކަމަށްވެސް މިޤަރާރުގައި ބުނެފައިވެއެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގެ މަސައްކަތަކީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭ ކަމަކަށް ވާތީ މިކަމަށް ދިރާސާތައްހަދައި ބޭނުންވާ ފުރިހަމަ މަޢުލޫމާތު ހޯދައި މިމަޢުލޫމާތު އަންނަ ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމައި،އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ މިނިމަމްވޭޖް ކަނޑައަޅާ ބޯޑުުން ވަނީ ބުނެފައެވެ.

އެމްޑީޕީން މަސައްކަތްތެރިންނަށް ވެފައިވާ އެންމެ މުހިންމު އެއް ވައުދަކީ އެމީހުންގެ ވަޒީފާ އަދާކުރުމުގައި އެންމެ ދަށްވެގެން ލިބޭނެ އުޖޫރައިގެ މިންވަރު ކަށަވަރުވެފައި އޮތުމާއި ގާނޫނުން އެމީހުންގެ ހައްގުތައް ހިމާޔަތްވެފައި އޮތުމެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ “އެޖެންޑާ 19” ގައި ހިމެނޭ ވައުދެކެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް އެއްމެ ކުޑަކޮށް ލިބޭ އުޖޫރައެއްގެ ގޮތުގައި އެމްޑީޕީން ކަނޑައަޅާފައިވަނީ 200ރުފިޔާއެވެ.