English Edition
Dhivehi Edition

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ 2 މެންބަރުންގެ މަޤާމަށް 36 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ރޭއޮތް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި އެދެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް މަޖްލީހަށް ބަލައިގަނެ ދިރާސާކުރުމަށްވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކަން ދެއްވާފައިވާ 10 ނަމުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޝިފްލާ އިބްރާހީމާއި މުޙައްމަދު ހިލްމީ އެވެ. މީގެ އިތުރުން ލިސްޓުގައި ދެން އޮތީ އަޙްމަދު ގައިސްއާއި، ޢަލީ ޔޫސުފްއާއި، އާމިރާ އާދަމްއާއި، އަޙްމަދު ފައިރޫޒް އާއި، ޖައުފަރު ރަޝީދު އާއި، އައިޝަތު ދިޔާނާ ޠޯހިރާއި، ސޮފާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ދެ މެމްބަރުން އައްޔަން ކުރަން ޖެހުނީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ ބޭފުޅުންގެ އިތުރުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތުމަތު ޒައިނާ ވެސް ވަކިކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.އެހެންނަމަވެސް މިހާތަނަށް ވެސް މަޖިލީހުގެ ތަޅުމުގައި އަދި މިމައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ.