English Edition
Dhivehi Edition

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު މެލޭޝިޔާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރު މުހައްމައްދީން ކެޓާޕީއާއި ބައްދަލު ކުރައްވައިފި އެވެ.

ދެ ޤައުމުގެ ޓޫރިޒަމް މިނިސްޓަރުންގެ މި ބައްދަލުވުމުގައި ދެ ޤައުމުގެ ޓޫރިޒަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި މެލޭޝިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރަށްވާފަ އެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މެލޭޝިޔާއަށް ވަޑައިގެން މިހާރު އުޅުއްވަނީ އެ ޤައުމުގައި މާދަމާ ކުރިޔަށްދާ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޓަކައެވެ. މި ކޮންފަރެންސް އޮންނަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ގެންދަވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.