English Edition
Dhivehi Edition

އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން، ދިހަ ރުފިޔާ އާއި ސަތޭކަ ރުފިޔާގެ އައު ޗާޕެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފިއެވެ

ޖުލައި 2018 ގައި އަލުން ޗާޕުކޮށްގެން ރާއްޖެއަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރެފައިވަނީ ސޮޔާއި ތާރީޚުގެ ބަދަލަކާއެކުގައެވެ.

10 ރުފިޔާއާއި 100 ރުފިޔާގެ އައު ޗާޕުގައިވަނީ ދާދިފަހުން ގަވަރަނަރުކަމުން އިސްތިއުފާދެއްވި އަޙްމަދު ނަސީރު ސޮއެވެ. އަދި އައު ޗާޕުގައި މީލާދީ ތާރީޚުގެ ގޮތުގައި 10 މާރިޗު 2018 ޖަހާފައިވާއިރު، ހިޖުރީ ތާރީޚުގެ ގޮތުގައި ހިމަނާފައިވަނީ، 22 ޖުމާދަލްއާޚިރާ 1439އެވެ.

ރާއްޖޭގެ މިހާރު ބޭނުންކުރަމުންދާ ފައިސާއަކީ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރާއްޖޭގައި ކުރިން ބޭނުން ކުރަމުން އައި ނޫޓުތައް އުވާލާ ރަންދިހަ ފަހެއްގެ ނަމުގައި ނެރުނު އައު ނޫޓްތަކެކެވެ