English Edition
Dhivehi Edition

ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ 5 ރުފިޔާގެ ނޫޓު މިއަދު ބޭނުން ކުރަން ފަށައިފިއެވެ.

މަރުކަޒީ ބޭންކްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފަސް ރުފިޔާގެ ނޫޓު ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

އަލަށް ތަޢާރަފް ކުރި މިނޫޓާއެކު ކުރީގެ ފަސް ރުފިޔާގެ ނޫޓު މިއަހަރުގެ ނިޔަލަށް ބޭނުން ކުރެވޭނެއެވެ. އަދި ކުރީގެ ނޫޓު އާ ނޫޓަށް ބަދަލު ކޮށްދިނުމުގެ ހަރަކާތެއް ލޯކަލް މާރުކޭޓުގައި މިއަދު އެމް.އެމް.އޭ ގެ އޮފިޝަލުން ވަނީ ކުރިޔަށް ގެންގޮސްފައިއެވެ.

ނޫޓް ފަރުމާ ކޮށްފައި ވަނީ މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ކޮންސެޕްޓަކަށެވެ. އެ ނޫޓްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ މަޝްހޫރު ފޮޓޯއެއް ވެސް ވަނީ ހިމަނާފައެވެ.

ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނޭނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.