English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދް ވެސް މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ނައިބު ރައީސް ޖޭޕީއަށް މިރޭ ސޮއި ކުރައްވާއިރު ދެން ޖޭޕީއަށް ސޮއިކުރައްވާ އިތުރު ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އެވެ. މިދެބޭފުޅުންގެ އިތުރުން މިރޭ ޖޭޕީ އާއި ގުޅޭ އިތުރު ފަރާތްތަކުގެ ތެރޭގައި ހޯރަފުށީ ދައީރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި، ޕީޕީއެމްގެ ކުރީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުވެސް މިރޭ ޖޭޕީއާއި ގުޅިވަޑައިގަންނަވާނޭ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

ދެން އަޑުފެތުރިފައި އޮތީ އިދިކޮޅު ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ޖޭޕީއާއި ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތަކެވެ.