English Edition
Dhivehi Edition

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)ވެސް ޖުމްހޫރީ ޕާޓީ(ޖޭޕީ)އާއި ގުޅިވަޑައިގަތުމަށް ނިންމައިފިއެވެ.

އަދުރޭ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން މިރޭ 9:00 ޖަހާއިރު ޖޭޕީގައި އޮންނަ، މެމްބަރުން އެ ޕާޓީއަށް ސޮއިކުރާ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އޮންލައިން ނޫސް “ވަގުތު” ނޫހާއި ހަވާލާ ދީއެ ނޫހުގައި ބުނީ އަދުރޭ ޖޭޕީއަށް ސޮއިކުރައްވާނީ ކުރިއަށް އޮތް ހަފްތާގެ މެދު ތެރޭގައިކަމަށެވެ.

މިރޭ ޖޭޕީ އާއިގުޅުމަށް ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެއްކޮށް އެންމެ ގާތުން މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން ހިމެނޭއިރު އެބޭފުޅުންނަށް ސަޕޯޓުކުރާ މެމްބަރުންވެސް ޖޭޕީއާއި ގުޅޭނެ ކަމުގެ ޙަބަރުތައް މިހާރު ދަނީ ފެތުރެމުންނެވެ.

ޕީޕީއެމްގެ މެމްބަރުންނާއި ޕީއެންސީ ގެ އިސް ލީޑަރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާއިރު ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ދައުލަތުން ދަނީ މަނީ ލޯންޑްރިންގެ ދައުވާ ކުރަމުންނެވެ. އަދި އެ ދައުވާގެ ޝަރީއަތް ވެސް ދަނީ ހިންގަމުންނެވެ.

ޓެގު