ޝަމްސުއްދީން ސްކޫލް/ލިޔުނީ: ފާތިމަތު މިންހާލް އަހުމަދު
ޝަމްސުއްދީން ސްކޫލްގެ 3 ވަނަ ކެޑޭޓް ކޭމްޕު ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.
ޝަމްސުއްދީން ސްކޫލް ހޯލުގައި ހޮނިހިރު ދުވަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސްކޫލްގެ ޕްރިންސިޕަލް ސުލްޠާނު ރާމިޒެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ބައެއް އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.
އޯގަސްޓްމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ޝަމްސުއްދީން ސްކޫލުގައި ކުރިއަށް ގެންދެވުނު ޖޫނިއާރ ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ހުކުރުދުވަހުގެ ހަވީރު ބާއްވާފައިވާއިރު މިކޭމްޕްގައި ޝަމްސުއްދީން ސްކޫލްގެ 36 ކެޑޭޓަކު ވަނީ ބައިވެރިވެފައެވެ.
މި ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤުޞަދަކީ ދުނިޔޭގެކަންތައްތަކަށް ލޯ ހުޅުވިފައިވާ، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ މައިންބަފައިންނާއި ދޮށީ އުމުރުގެ މީހުންނަށް އިހްތިރާމްކުރާ ވަފާތެރި މުރާލި ހަށިހެޔޮ ކަންކަމަށް އިސްނަގާ ހިތްވަރުގަދަ ކެޑޭޓުންތަކެއް އުފެއްދުމެވެ.
މި ކެޑޭޓް ކޭމްޕްގެ ތެރޭގައި ބައިވެރީންނަށް 7 މާއްދާއެއް ކިޔަވާ ދެވުނެވެ. އޭގެ ތެރޭގައި ފިލްޑްކްރާފްޓް ފިލްޑްއިންޖނިއަރިންގ ފިޒިކަލްޓްރެއިންގ ފަޔަރފައިޓިންގ ފަސްއެއިޑް ލީޑަރޝިޕް ފަދަ ބައިތައް ކުރިއަށް ގެންދެވުނެވެ.
އަދި މީގެ އިތުރަށް ކެޑޭޓް ކޭމްޕައި ބައިވެރިވި ދަރިވަރުންގެ މެދުގައި ވާދެމުމާއި ހޭޑްބޯލް މުބާރާތެއް ބާއްވާފައިވާއިރު ކޭމްޕްގެ ބައިވެރިންގެ މެދުގައި ކަލްޗަރަލްޝޯވ އެއް ވެސް ބޭއްވުނެވެ.
މި ރަސްމިއްޔާތުގައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށާއި ކޭމްޕްގައި މައުލޫމާތު ދެއްވި މުދައްރިބުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ކޭމްޕުގައި ބައިވެރިވި ޕްލެޓޫންތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްލެޓޫން، “ބްރާވޯ” އަށް ތަށި ހަވާލުކޮށްފައިވެއެވެ. އަދި މީގެ އިތުރަށް މިކޭމްޕުން އެންމެ ރަގަޅު 5 ދަރިވަރުން ހޮވާ އެދަރިވަރުންނަށް މެޑަލް ހަވާލް ކުރެވުނެވެ.