English Edition
Dhivehi Edition

މިއަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމް މިނިސްޓަރ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުރަތަމަ ރާއްޖެއަށް އައި ޙައްޖުވެރިންގެ ތެރޭގައި، މިފަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގެންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވަ އެވެ.

މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ 2000 ހައްޖާޖީންގެ ތެރެއިން އެންމެ ފަހު ގުރޫޕް ރާއްޖެއަށް އާދެވޭނީ މިމަހުގެ 31 ގައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ތެރެއިން ޙައްޖާޖީއަކު ވަނީ މައްކާގައި ނިޔާވެފައެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ގުރޫޕް ތަކަކީ ޙައްޖު ކޯޕަރޭޝަން ގެ އިތުރުން އަލްޙަރަމައިން ހައްޖު އެންޑް ޕްރައިވެޓް ލިމިޓެޑާއި އެކްރޯ ޕްރައިވެޓް ލިމިޓެޑާއި މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި ޒައިމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަދި ތަޒްކިއާ ޕްރައިވެޓް ލިމިޓެޑެވެ.